logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ޑަބްލިއުއެޗްއޯ އިން ބަނގުލަދޭޝް އަށް ކަނޑައަޅާ އިސްވެރިއަކަށް ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރ ޑރ.ޖަމްޝީދު

ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރ ޑރ.ޖަމްޝީދު ޑަބްލިއުއެޗްއޯ އިން ބަނގުލަދޭޝް އަށް ކަނޑައަޅާ މަންދޫބުކަމަށް ކަނޑައަޅައިފިއެވެ.

އދ ގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބަންގްލަދޭޝްއަށް ކަނޑައަޅާ މަންދޫބުގެ މަގާމަށް ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ކަނޑައެޅުއްވުމުގެ ހުރިން އެމަނިކުފާނު ހުންނެވީ 2022 ވަނަ އަހަރުން ފެށިގެން އެ ޖަމްއިއްޔާއިން އުތުރު ކޮރެއާ އަަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގަ އެވެ.

ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ރާއްޖޭގެ ހެލްތު މިނިސްޓަރ ކަން ކުރައްވާފައިނީ ޑރ. މުޙައްމަދުވަހީދު ހަސަންމަނިކުގެ ރައީސްކަމުގެ ދުވަސްވަރު 2012 އިން 2013 އަށެވެ. އެއަށްފަހު އެމަނިކުފާނު މަސައްކަތްކުރައްވަމުންގެންދަވަނީ ޑަބްލިއުއެޗްއޯގައެވެ. އެގޮތުން 2013 ވަނަ އަހަރު އެމަނިކުފާނު އެ ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީނަޖަލް އޮފީހުގައި މަސައްކަތްކުރައްވަން ފައްޓަވާފައިވަނީ މެޑިކަލް އޮފިސަރެއްގެ ގޮތުގައެވެ. އަދި 2015 ވަނަ އަހަރު ރީޖަނަލް އެޑްވައިޒަރުކަންވެސް ކުރައްވާފައިވެއެވެ.

ޑރ.އަހުމަދު ޖަމްޝީދު މުހައްމަދު އަކީ ލަންޑަނުގެ ސްކޫލު އޮފް ހައިޖިން އެންޑް ޓްރޮޕިކަލް މެޑިސިން އިން ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ