logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މީޑިއާ ކައުންސިލް މަޖިލީހަށް ހާޒިރުކޮށް، ކޮމިޓީ ސިއްރުކޮށްފި

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކުރި ބައްދަލުވުން ކޮމިޓީން ސިއްރުކޮށްފި އެވެ.

މިހާރު ކުރިއަށްދާ އެ ކޮމިޓީ ބައްދަލުވުމުގައި، މިއަދު ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ އެމްއެމްސީ އާއި ބައްދަލުކޮށް، އެ ކައުންސިލާއި ގުޅިގެން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ސުވާލުކުރުމާއި ކޮމިޓީގައި ހުރި އެހެން މަސައްކަތްތަކެވެ.

ކޮމިޓީ ބައްދަލުވުން ފެށުމާއެކު، މިއަދުގެ އެޖެންޑާގައި ހުރި މައްސަލަތަކަކީ މަސްލަހަތަށް ފުށޫއަރާކަހަލަ ކަންކަން ކަމަށް ބުނެ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، ބައްދަލުވުން ސިއްރުކުރަން ހުށަހެޅި އެވެ. އެ ހުށަހެޅުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ތާއީދު ކުރެއްވި އެވެ.

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ފާސްވީ، ބައިވެރިވި މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ ވޯޓުންނެވެ. ސިއްރުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ