logo minivan

English

ބުރާސްފަތި, 14 ނޮވެމްބަރ 2024

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވައިފި

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކުގެ ހައްގުގައި އ.ދ އިން ކުރަމުންދާ މަސައްކަތް ވެސް ރައީސް ޑރ.މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.

އެހީ ހޯދުމުގައި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި އ.ދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ވަނީ އެކަމުގައި ބައިނަލްއަގުވާމީ އެހީދޭ އިދާރާތަކުގެ ބައިވެރިވުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *