logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

ހައުސިން ލޯނު ސްކީމުން މަސްވެރިންނަށް ޖާގަ އޮންނާނެ: މިނިސްޓަރު

ހައުސިންގެ ހުރިހާ ގިންތިއަކުންވެސް މަސްވެރިންނަށް ޖާގަ އޮންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމްގައި ބައިވެރިވުމަށް ދިމަވާ ދަތިތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ލޯނު ސްކީމަކީ މަސްވެރިންނަށް ވަކި ހާއްސަ ސްކީމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންނެކޭ އެއްފަދައިން އެހެން ސިނާއަތްތަކަށްވެސް އެ ފުރުސަތު ހުޅުވާލެވި، މިހާރު އިއުލާންކޮށްފައި އޮތް ބޯހިޔާވަހިކަމުގެ ލޯނު ސްކީމުގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހައިދަރު ވިދާޅުވީ ހިޔާވެހި ފައިނޭންސިން ސްކީމަށް ހައްލެއް ގަނައުމުގެ ގޮތުން ދަފްތަރުގައި ރަޖިސްޓްރީކުރެވި، އުޅަނދުތަކުގެ އެ ރިކޯޑުތައް ބެލެހެއްޓި މަސްވެރިންނަށް ލިބެނީ ކިހާވަރެއްކަން ޔަގީންކުރެވުނީމަ ލޯނުތަކައް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް 350 ވެސެލްއެއްގައި 2100 އަށް ވުރެ ގިނަ ފަޅުވެރިން ރަޖިސްޓްރީވެފައި ތިބި ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *