logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

ލޯބިވެެރިޔާ ބްލެކްމެއިލް ކޮށްގެން ރެކްރޫޓް ޕޮލިހެއް ހައްޔަރުކޮށްފި

އއ. މަތިވެރީގައި ލޯބިވެރިޔާ އަށް ބިރުދައްކައި ބްލެކް މެއިލްކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާ ގައި ހައްޔަރުކުރީ މަތިވެރި ޕޮލިސްޓޭޝަން ގައި މަސައްކަތްކުރާ އެ ރަށު ފަޒާ، ޒައިދާން މުހައްމަދު (19) އެވެ. ފުލުހުން ބުނީ ޒައިދާން އަކީ ރޭކްރޫޓް ޕޮލިހެއް ކަމަށެވެ.

އޭނާ އަށް ތުހުމަތު ކުރެވެނީ ލޯބިވެރިޔާ އަށް ބިރު ދައްކައި، ލޯބިވެރިޔާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މިޑީއާގައި ލީކު ކޮށްލާނެ ކަމަށް ކަމަށް ބުނެ ބިރުދައްކައި އިންޒާރުދީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *