logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފެހެއްޓުމުގެ އަމުރެއް ނެރެފިި

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުން ކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ.

ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއިހީލަތުން ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ އަގު ބޮޑު މުދާތައް މަމްދޫހުގެ އަތުން
ފުލުހުން ހޯދާފައިވެއެވެ.

އޭގެތެރޭގައި ޕެންޓް ހައުސްއެއް ހިމެނެއެވެ. މި ޕެންޓްހައުސް ބަލައިފާސްކޮށް ދިވެހިފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ޕީޖީ އޮފީހުން ލަފާކުރެއެވެ.

ކޭޕާކް މައްސަލައިގައި މަންޑޭއާއެކު ދެން ދައުވާ ކުރަނީ، ރ. އަލިފުށި ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *