logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

ހިޔާ ފްލެޓްގެ ރަހީނުކުރުން: އެކަން ގުޅިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިއާ: ޕޮލިސް

ހިޔާ ފްލެޓުގައި ރަހީނުކުރި މައްސަލަ ގުޅެނީ މަސްތުވާތަކެއްޗާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ "މިހާތަަނަށް ބެލި ބެލުމުން އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން އުފެދުނު ހިޔާލު ތަފާތުވުމަކުން ހިނގި ކަމެއް" ކަމަށެވެ.

މި ހާދިިސާގައި 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް އޭނާގެ ބޯ ބާލައި އިނގިއްޔެއް ބުރިކޮށްލަން މަސައްކަތްކޮށްފައެވެ.

ފުލުހުންގެ ޓީމަކުން އޭނާ ސަލާމަތްކުރަން ހިޔާ ފްލެޓްގެ އެ އެޕާޓްމަންޓަށް ވަން އިރު ބޯބޭލުމަށް ފަހު އޭނާގެ އިނގިއްޔެއް ބުރިކޮށްލަން 12 މީހުންގެ ގުރޫޕުން ތިބީ ތައްޔާރުވެގެންނެވެ.

އެ މައްސަލާގައި އެ ބާރަ މީހުންވެސް އެރޭ އެސީނުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ފްލެޓްގެ ވެރިމީހާވެސް ހިމެނެއެވެ. ދާދި ފަހުން ފުލުހުން ވަނީ އެ އެންމެންގެ ނަމާއި ވަނަވަރުވެސް އާންމުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *