ތިމަންމަނިކްފާނު މިހުރީ ރައްޔިތުންގެ ފަޅީގައޭ ބުނެ، ރައްޔިތުން ބަނޑަށްޖެއްސުން ނޫން ކަމެއް ރައީސް ޑރ.މުއިއްޒު ނުކުރައްވާކަމަށް ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޙައްމަދު މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ "އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއެކު ރައްޔިތުންގެ ފަޅީގައި" ކަމަށް ވިދާޅުވެ ކުރައްވާފައިވާ ފޯސްޓަށް އަމާޒުވާގޮތަށް މެމްބަރު މުޙައްމަދު އައްބާސް އެ ބޭފުޅާގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ ތިމަންމަނިކުފާނު މި ހުންނެވީ ރައްޔިތުންގެ ފަޅީގަ ކަމަށް ރައްޔިތުން ބަނޑަށް ޖެހޭނެހާ ކަމެއްކޮށް ވިޔަފާރިވެރިންތައް އިނދަޖައްސާލުންނޫންކަމެއް ނުކުރާކަމަށެވެ.
އަދި އިތުރަށް މެމްބަރު މުޙައްމަދު އައްބާސް ގެ ޕޯސްޓްގައި ވިދާލުވެފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހުއްޓުމެއްނެތި ބޮޑެތި ވައްކަންތައް ކުރަމުންދާއިރު ރައްޔިތުން އިންތިހާބުކުރި މެމްބަރުން މަންމަނުވެފަ ތިބުމަކީ ގައުމަށް ގައްދާރުވުން ކަމަށެވެ.
ތިމަން މަނިކުފާނު މިހުރީ ރައްޔިތުންގެ ފަޅީގައި ކަމަށް ބުނެ ރައްޔިތުން ބަނޑަށް ޖެހޭނެހާ ކަމެއް ކޮށް. ވިޔަފާރިވެރިންތައް އިނދަޖައްސާލުން ނޫން ކަމެއް ނުކުރޭ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހުއްޓުމެއް ނެތި ބޮޑެތި ވައްކަންތައް ކުރަމިން ދާއިރު ރައްޔިތުން އިންތިހާބުކުރި މެންބަރުން މަންމަނު ވެފަ ތިބުމަކީ ގައުމަށް ގައްދާރުވުން.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސްއަކީ ވެރިކަންކުރާ ޕީއެންސީއާއެކު ކޯލިޝަންގައި މަސައްކަތްކުރަމުންއަންނަ މަޝްހޫރު ވިޔާފާރިވެރިޔާ ސަން ޝިޔާމުގެ އެމްޑީއޭ އަށް ނިސްބަތްވާ އެޕާޓީގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.