logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ޕްރޮޓީން ދަޅެއްގައި ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްގެން ދިވެއްސަކު ބެންކޮކުގައި ހައްޔަރުކޮށްފި

ޕޯސްޓް މެދުވެެރިކޮށް ޕްރޮޓީން ސަޕްލިމެންޓްގެ ނަމުގައި ތައިލެންޑަށް 3ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ތައިލެންޑް މީޑިއާއިން ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ މީހާ ހައްޔަރުކުރީ އިނގިރޭސިވިލާތުން ފޮނުވި ޕެކޭޖެއްގައި ހުރި މެފެޑްރޮން އާ ހަވާލުވުމަށް ގޮސްހުއްޓައެވެ.

އެމައްސަލާގައި އިތުރު ބަޔަކު ހިމެނިދާނެތީ އާއި ވަރުގަދަ ތަހުގީގެއް ހިންގާތީ އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ތައިލެންޑު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިކަމާއި ގުޅިގެން އޯއެންސީބީން ބުނީ، ނަން ހާމަ ނުކުރީ ނެޓްވޯކާ ގުޅުން ހުރި އެހެން މީހުން ދެނެގަތުމުގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ ކަމަށެވެ.

އެގޮތުން، ތައިލެންޑުގެ ފުލުހުން ވަނީ އެމްޑީއެމްއޭ، އެކްސްޓަސީ، ކޮކެއިން، ކެޓަމިން އަދި ޝައްކުކުރެވޭ އެހެން ބައެއް ތަކެތި ވެސް ތަހުގީގުގައި ހޯދައިފަ އެވެ. އޭގެ ތެރޭގައި، އަލަށް ފެންނަމުން އަންނަ ޑްރަގްގެ ބާވަތްތައް ވެސް ފެނިފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *