logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

މީޑިއާ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް އޭޖީ ވިދާޅުވެއްޖެ

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ދެއްވައިފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އާއި އެމްއެމްސީން ވަނީ "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ. އެ ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށެވެ.

މި ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން މިއަދު ވަނީ އޭޖީ އުޝާމާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލާ ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން ބުނީ، މި ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއަހައި، ނޫސްވެރިންގެ ކަންބޮޕޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *