logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، ބައިވެރިންނަށް 28 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިި އެވެ.

މިއަދު މިކަން އިއުލާންކޮށްފައިވަނީ މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓް ގައެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް އަކީ މުޅި ގައުމުގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ ޝަރަފުވެރި ހަރަކާތެކެވެ. ރިސޯޓް، ގެސްޓްހައުސް، ލައިވްބޯޑް، ސަފާރީ، އަދި ޓްރެވަލް އެޖެންސީ ފަދަ ކެޓަގަރީތަކުން ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި ކާމިޔާބީތައް ފާހަގަކޮށް، މި އެވޯޑްތަކަކީ ސިނާއަތުން ކުރިއަށް ގެންދާ އުފެއްދުންތަކާއި މޮޅުކަން ފާހަގަކުރާ އެވޯޑެކެވެ.

2024 ވަނަ އަހަރަށް ފަސް ކެޓަގަރީއަކުން ޖުމްލަ 23 އެވޯޑް ދިނުމަށް ހަމަޖެހިފައި ވެއެވެ. މި އެވޯޑްތައް ދިނުމުގައި ބަލާނީ 1 ޖޫން 2023 އާއި 31 މެއި 2024 އާ ދެމެދު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރި ތަންތަނަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *