logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ޑެބިޓް ކާޑުތަކަށް ލިބޭ ޑޮލަރު ލިމިޓް 1400 ޑޮލަރަށް، ބޭރަށް ފުރާ ކޮންމެ މީހަކަށް 1000 ޑޮލަރު؛ ރައީސްގެ ވަޢުދެއް!

ދެހާސް ސައްބީސް ވަނަ އަަހަރުގެ ފުރަތަމަ ކުއާޓާގައި ދިވެހި ރުފިޔާގެ އެކައުންޓްތަކާ ގުޅިފައިވާ ބޭންކް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް އަދި ރާއްޖެއިން ބޭރަށް ފުރާ މީހުންކުރެ ކޮންމެ މީހަކަށް 1000 ޑޮލަރު ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފި އެވެ.

މިހާރު ބޭންކް ކާޑު ލިމިޓަކީ ޑެބިޓް ކާޑަކަށް 250 ޑޮލަރު އަދި ކްރެޓިޑް ކާޑަކަށް 750 ޑޮލަރެވެ. ރާއްޖެއިން ބޭރަށް ފުރަންދާ މީހުންނަށް 500 ޑޮލަރު ބޭންކް ރޭޓުގައި ލިބެއެވެ.

"އަޅުގަނޑުމެން ޖެނުއަރީން ފެށިގެން ގޮސް 2026 ވަނަ އަހަރުގެ ފުރަތަމ ކުއާޓާ ނިމޭހިސާބަށްދާއިރަށް ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ 1400 ޑޮލަރާ ހަމަޔަށް ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކޮށްދޭނަަންް" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަަމަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިންގެ ބޮލަކަށް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހުކުރި ގަވާއިދާއެކު، ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބެގެންދާނެ ކަމަށް ވިދާޅުވި އެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *