logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

މާލޭ ސަރަހައްދުގައި އަންނަ އަހަރު 15000 ހައުސިން ޔުނިޓް އަޅަން ފަށަނީ

މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ސަރުކާރުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މި ސަރުކާރުން ޕްލޭންކޮށް، ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަންކަން ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި، އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށް ރާވާފައިވާ މަޝްރޫއުތައް ހިމެނެ އެވެ.

ރައީސް ރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި އަންނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެވެ. ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަން ފާހަގަކުރައްވައި ވިދާޅުވީ، ގެދޮރު ބިނާކުރަން އެކަނި ވެސް 1.5 ބިލިއަން ރުފިޔާ އަދި ހައުސިން ލޯނަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަންނަ އަހަރު މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އަޅަން ފަށާނެ އެވެ. އަދި ރަށްރަށުގައި ވެސް 12،940 ހައުސިން ޔުނިޓު އަޅަން ފަށާނެ ކަމަށް، ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *