logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އެންޓި ޑިފެކްޝަން ގާނޫނުގެ ބައެއް މާއްދާތައް އުވާލުމަށް ހައިކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭގޮތަށް އޮތް އެންޓި-ޑިފެކްޝަން ޤާނޫނުގެ ބައެއް ބާތިލު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެންޓި-ޑިފެކްޝަން ޤާނޫނުގެ ބައެއް މާއްދާތައް އުވާލުމަށް ދުސްތޫރީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ތަފްސީލެއް އަދި ކަށަވަރެއް ނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭގޮތުގައި ބާތިލު ކުރުމަށް ހުށަހަޅާފައިވަނީ އެ ޤާނޫނުގެ ތިން ވަނަ މާއްދާ އެވެ.

އެންޓި-ޑިފެކްޝަން ޤާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ނުވަތަ އަމިއްލަގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެނަމަ މެންބަރުކަމުން އިސްތިއުފާދޭންޖެހޭނެ ކަމަށެވެ.

އެންޓި-ޑިފެކްޝަން ޤާނޫނުގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑިގެއްލޭވެ އުސޫލުވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެމީހުން ޕާޓީ ބަދަލުކޮށްފިނަމަ އިންތިހާބުވެފައިވާ މަގާމަކުން އެމީހަކު ވަކިވާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *