logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި އެ ބިލު 241 ކޮމިޓީ އިން އަންނަނީ ދިރާސާ ކުރަމުންނެވެ. މިދިޔަ އަންގާރަ ދުވަހު އެ ކޮމިޓީއިން ނިންމާފައިވަނީ، އެ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ފަސްކުރުމަށެވެ.

ރައްޔިތުން މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި އެ ބިލާ ގުޅިގެން ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެ މުއްދަތުގެ ތެރޭގައި 241 ކޮމިޓީގެ އީމެއިލްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލިހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.

އެގޮތަށް ނިންމިއިރު، އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެހެންކަމުން ސަރުކާރުންނާއި ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ނިންމީ މީކާއީލް ހުށަހެޅުއްވި ބިލާ އެކު ކުރިއަށް ދިއުމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *