logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ގުރުވަތުން ހޮވުނު ފަރާތްތަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި

"ދާލަން : ނެޝަނަލް ސްކިލްސް އެންޑް ކެރިޔަރ އެކްސްޕޯ 2024″ ގެ ނަމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔަ އެކްސްޕޯގައި ބެއިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުވަތުން ހޮވުނު ފަރާތްތަކަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ އެއްބާރުލުމާއެކު، މިނިސްޓްރީ އިން ވަނީ ދާލަން ލަކީ ޑްރޯގައި ބައިވެރިވެ، ގުރުވަތުން ހޮވޮނު 5 ދިވެހި ދަރިވަރަކަށް، 5 ދާއިރާ އަކުން މެލޭޝިޔާގައި ކިޔެވުމުގެ ފުރުޞަތު ހުޅުވައިލާފައެވެ.

ސްކޮލަރޝިޕް ހާޞިލުކުރެއްވި ދަރިވަރުން

• ބެޗްލަރސް އޮފް ޖަރނަލިޒަމް : އަޙްމަދު ޒައިދާން މުޙައްމަދު މުސްތަފާ

• ބެޗަލަރސް އޮފް އާރޓިފިޝަލް އިންޓެލިޖެންސް : މޫސާ ޙޫދް އިބްރީޙިމް

• ބެޗްލަރސް އޮފް ސޮފްޓްވެއަރ އިންޖީނިއަރިންގ : އައިޝަތު މާނީ ނާސިޙް އިބްރާޙިމް

• ބެޗްލަރ އޮފް މެރިން ބަޔޯޓެކްނޮލޮޖީ : އިސްމާޢިލް ރިފާޢު

• ބެޗްލަރސް އޮފް ޑިޖިޓަލް މީޑިޔާ ޓެކްނޮލޮޖީ : މުޙައްމަދު އިޔާލް ނަސީމް

ސްކޮލަޝިޕް ޙަވާލުކުރުމަށް މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޑައިރެކްޓަރ ޖެނެރަލް، ފާތިމަތު ޝިފްޒާ ހުސައިން، ސްކޮލަރޝިޕް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ، މަރްޔަމް ސަމްރަތްގެ އިތުރުން ވެސް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *