އިންޑިއާ އާއި ރާއްޖެއާ ދެމެދު ލޯކަލް ކަރަންސީ އިން މުއާމަލާތްކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ އިންޑިއާގެ ވިޔާފާރީގެ މަރުކަޒް މުމްބާއީގައި ސޮއިކުރެވުނު އެމްއޯޔޫ އާއި ގުޅޭ މައުލޫމާތު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެކްސްގައި ހިއްސާކުރައްވައި ކޮށްފައިފާ ޕޯސްޓްގައި ބުނެފައިވަނީ ދެހގައުމުގެ ލޯކަލް ކަރަންސީ ބޭނުން ކޮށްގެން މުއާމަލާތްކުރުމަށްޓަކައި އިއްޔެ ސޮއިކުރެވުނު އެމްއޯޔޫގައި އާރބީއައިގެ ފަރާތުން ސޮއިކޮސްފައިވަނި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް ކަމަށާއި ދިވެހި ރާއްޖޭގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ ދިވެވެހި ރާއްޖޭގެ ގަވަރުބަރ އަޙްމަދު މުނައްވަރު ކަމަށެވެ.
އާރުބީއައި ގެ އިތުރު ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިޤުތިޞާދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީ އިން ކުރުމަށް އެ އެއްބަސްވުމުން ބާރުއަޅާ ކަމަށެވެ.