logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގޭންގު ކުށްތަށް ހުއްޓުވުމުގެ ބިލުގެ ޑްރާފްޓްގައިވާ ދަޢުވާކުރުމުގެ މުއްދަތާއި، ނިޔާ ކަނޑައެޅުމުގެ މުއްދަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ: ވަކީލު ޝަޒީމް

ގޭންގު ކުށްތަށް ހުއްޓުވުމުގެ ބިލުގައި ދަޢުވާކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތާއި، މައުޟޫޢީ ދަޢުވާ ކޯޓުން ބަލައި ނިޔާ ކަނޑައެޅުމަށްޓަކައި މިހާރު ޑްރާފްޓްގައި ބަޔާންކޮށްފައިވާ މުއްދަތާއި އެއްގޮތަށް ޢަމަލުކުރުމަކީ ނުވާނެކަމެއްކަމަށާއި، އެމުއްދަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭކަމުގައި މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމު ބުނެފިއެވެ.

ވަކީލު ޝަޒީމް ކުރައްވާފައިވާ ޓްވީޓެއްގައިވަނީ، ޑްރާފްޓްގެ 31 ވަނަ މާއްދާގައިވާ ގޮތާއި އެއްގޮތަށް ތަޙްޤީޤު މަރުޙަލާ އަދި ޝަރުޢީ މަރުޙަލާ ނިމެންދެން ކުށުގެ ތުހުމަތުކުރެވޭ މީހާ ބަންދުކުރުމަށްޓަކައި ފަހިވާގޮތަށް، ޑްރާފްޓްގައި ބަޔާންކޮށްފައިވީ ނަމަވެސް، އެމާއްދާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަދަލުކުރުމަކީ ކުރެވިދާނެކަމެކެވެ. ނުވަތަ ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ގެނެވިދާނެއެވެ. ސަބަބަކީ، ކުށުގެ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ހެކި ހުންނާނީ އެކި މިންވަރަށްކަމަށާއި، އެފަދަ ޙާލަތެއްގައި ކުށުގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބެހެއްޓޭނެ ޙާލަތުތަށް މިފަހުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ.

ގޭންގު ކުށްތަށް މަނާކުރުމުގެ ޤާނޫނު މިހާރު އޮތް ގޮތުން، ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރާތާ 15 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ. އަދި، މައުޟޫޢީ ދަޢުވާ ބަލައި ނިޔާ ކަނޑައަޅަން ޤާޟީއަށް ލިބެނީ 30 ދުވަހުގެ މުއްދަތެވެ. އެމުއްދަތުތަކަށްވެސް ބަދަލު ގެންނަންޖެހޭކަމުގައި ވަކީލު ޝަޒީމު ވިދާޅުވިއެވެ.

ޖިނާޢީ މައްސަލަތަކުގައި ކޯޓަށް ހުށަހެޅޭ މައްސަލަތަށް ނުނިމި ފުނި ޖެހިފައިވާއިރު، އެކި އިދާރީ ދަތިތަކާއި ޖާގައިގެ މައްސަލަތަކާއި، އިންސާނީ ވަޞީލަތްތަށް މަދުކަމާހުރެ، ޖިނާޢީ ޢަދުލުގެ ނިޒާމުގައި އެތަކެއް ބަޔަކު ވާނުވާ ނޭނގޭ ގޮތަށް ހުރަގޭގައި ބަންދުކޮށްފައި މިހާރު ތިބިކަން ފާހަގަކުރެވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ