ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކޮށް އެމްޑީޕީގެ މެމްބަރުންގެ ތާއިދަށް ފައްޔާޒު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލޫހުގެ ވަޓްސްއެޕް ގުރޫޕަށް ފައްޔާޒްކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަން ނިންމަވައިފިން ކަމަށާއި، ޕްރައިމަރީގައި އެމަނިކުފާނަށް ތާއިދުކޮށްދެއްވުމަށް އެދޭކަމަށެވެ.
ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް. 2028 ގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ސަޕޯޓްކޮސްދެއްވުންއެދެން
ފައްޔާޒުގެ އެ މެސެޖާއެކު އެކަމަށް މަރުޚަބާ ކިޔައި ގިނަ އަދަދެއްގެ ގައުމީ މަޖިލިސްމެންބަރުންދަނީ އެ ގުރޫފުގައި އެމަނިކުފާނަށް ތާއިދުކޮށްދެވާނެކަމަށް ވިދާޅުވަމުންނެވެ.