logo minivan

English

ބުދަ, 15 ޖެނުއަރީ 2025

މިވަގުތު ފޯކަސްކުރައްވާނީ ލޯކަލް ކައުންސިލް އިންތިހާބަށް، 2028 އަދި މާދުރު: އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މިވަގުތު ފޯކަސްކުރައްވާނީ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ކަމަށާއި 2028 ގެ ރިޔާސީ އިންތިހާބަށް ކަންތައްތައް ކުރައްވާނެ ގޮތެއް އަދި ނުނިންމަވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ އެއްްމެ ފަހުން ފަހުން ބޭއްވި 2 އިންތިހާބު ވެސް އެމްޑީޕީއަށް ނާކާމިޔާބުވެފައި ވާކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން މިވަގުތު އެންމެ ބޮޑަށް ފޯކަސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށާއި މި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތައް ކަމަށެވެ.

އެ ޕްރޮގްރާމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވަންތޯ ޕްރެޒެންޓަރ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވައި ޝާހިދު ވިދާޅުވީ އެ އިންތިހާބަށް ފޯކަސް ކުރަން އަދި އަވަސް ކަމަށެވެ.

މިވަގުތަކީ 2028 އޮންނަ ކަމެއްގައި އަޅުގަނޑުގެ އަމާޒު ހިފައިގެން ކަމެއް ކުރާނެ ދަނޑިވަޅެއް ނޫން. އަޅުގަނޑުގެ މިސްރާބު ހުންނާނީ 2026 ގައި މުޅި ރާއްޖެ ލޯކަލް ކައުންސިލް އިންތިހާބުގައި ރީނދޫކޮށްލުންމަށް

އިތުރު ތަފްސީލް ދއްވަމުން ވިދާޅުވީ އެއްވެސް ހާލެއްގައި އެމަނިކުފާނު 2028 ގައި އޮންނަ ކަމަކާމެދު އެދުވަހު އެމަނިކުފާނު ހުންނަވާނެ ތަނަކާމެދު ނުވިސްނަވާ ކަމަށާއި، ސިޔާސީ ކަންކަމުގައި 24 ގަޑިއިރަކީ ވެސް ވަރަށް ދިގު މުއްދަތެއް ކަމަށެވެ. އެގޮތުން މާފަހުން އޮންނަ ކަމެއްގެ ވާހަކަ މިހާރު ދައްކަވައިގެން އަމާޒުން ކައްސާލައިގެން ލަނޑު ލިބިފައިވެސް އެބަހުރިކަމަށާއި ރިޔާސީ ޕްރައިމަރީގެ ވާހަކަ އަންނަންވާނީ އެމްޑީޕީގެ އަސާސީ ޤަވާއިދާއެއްގޮތަށް ޕްރައިމަރީ އިޢުލާނުކުރާ ހިސާބުން ކަމަށާއި، މީގެ ކުރިންވެސް މުޙިއްމު 2 އިންތިހާބެއް ޕާޓީއށް ގެއްލިފައިވާއިރު މާދުރުގައި އޮތް ކަމަކާ މަސްއޫލުވެވިގެންގޮސް ކުރަންކަންވީ ކަންކަން އޮޅެއް ބޭނުންފުޅު ނުވާކަމަށާއި އެމަނިކުފާނުގެ އަމާޒަކީ 2026 ގެ ލޯކަލް ކައުންސިލް އިންތިހާބު ކަމަށެވެ.

 

އަޅުގަނޑު މިދަންނަވާހާ ވެސް ވާހަކަ އަކީ މިވަގުތަކީ އަޅުގަނޑުމެން ޕާޓީގައި ހަމަ ގައިމު ވެސް އަޅުގަނޑު 2028 ގައި ހުންނާނެ ތަން ނިންމުމަށް ވުރެ، 2026 ގައި އަޅުގަނޑުމެންގެ ރަށްރަށުގައި، އަޅުގަނޑުމެންގެ އަތޮޅުތަކުގައި، އަޅުގަނޑުމެންގެ ސިޓީތަކުގައި އެމްޑީޕީގެ ކާމިޔާބީ އޮންނާނީ ކިހާ ވަރަކަށްތޯ، ކޮން ގޮތަކަށް މަސައްކަތްކޮށްގެންތޯ، އެ އަމާޒަށް މަސައްކަތްކުރާ ދަނޑިވަޅެއް

މިހާރު އަޅުގަނޑުމެން އެހެން ދިމާލެއްގައި މާ ފަހުން އޮތް އިންތިހާބެއްގެ ވާހަކަ ދައްކަން ހަދައިގެން އަޅުގަނޑުމެންގެ އަމާޒު ކައްސާލައިގެން ގޮސް ލަނޑު ލިބޭ ތަން އެބަހުރި. ޕްރައިމަރީގެ ވާހަކަ އަންނާނެ ޕާޓީގެ އަސާސީ ގަވާއިދުގެ މަތިން ޕްރައިމަރީ އިއުލާނުކުރާ ހިސާބުން. އެހެން ނޫނީ ވާނެ ގޮތަކީ އަޅުގަނޑުމެންނަށް މީގެ ކުރިން ވެސް ދެ އިންތިހާބެއް ގެއްލިއްޖެ. އަޅުގަނޑުމެންނަށްވާ ގޮތަކީ މާ ދުރުގައި އޮންނަ ކަމަކަށް މަސްއޫލުވެވިގެން ގޮސް، ހަގީގަތުގައި އަޅަންވީ ފިޔަވަޅު އޮޅެނީ. އެހެންވިޔަ ނުދޭންވީ. އަޅުގަނޑު ހަމަ ގައިމު ވެސް އަމަލު ކުރާނީ އެހެން

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *