logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ބިލް ފާސްކޮށްފި

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި ދެ ބިލު ފާސްކޮށްފައިވަނީ 80 މެންބަރުންގެ އިއްތިފާގުންނެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ބުނާ ގޮތުން ބިލު ގާނޫނަކަށް ބަދަލުވާތާ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދަރަނި މެނޭޖު ކުރުމަށް ހާއްސަ އޮފީހެއް ގާއިމްކުރަން ޖެހެ އެވެ. އެއާއެކު ފިނޭންސް މިނިސްޓްރީގެ ދަރަނި މެނޭޖްކުރާ ޑިޕާޓްމަންޓްގެ ހުރިހާ މަސައްކަތެއް އެ އޮފީހުގެ ދަށަށް ބަދަލު ވެގެން ދާނެ ކަމަށް ބިލުގައި ބުނެ އެވެ.

ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި ކައުންސިލްތަކާއި ސަރުކާރުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ސޮވެރިން ގެރެންޓީ ދިނުމާބެހޭ އުސޫލުތައްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ކޮންމެ ކުއާޓާއެއް ނިމޭތާ 45 ދުވަސް ތެރޭގައި ޑެޓް ބުލެޓިންއެއް ޝާއިރުކުރަން ޖެހޭނެ ކަމަށާއި އޭގައި ދަރަނީގެ ބާކީ ހުރި މިންވަރާއި ފައިސާގެ ބާވަތާއި ދަރަނީގެ ޕޯޓްފޯލިއޯއަށް އޮތް ގޮންޖެހުންތައް ހިމަނަންވާނެ ކަމަށް ބިލުގައި ބުންޏެވެ.

އެ ބިލުގަ ބުނެފައިވަނީ ދަރަނި މެނޭޓްކުރުމާ ގުޅޭ އަހަރީ ރިޕޯޓް އެކުލަވާލާ, އެ ރިޕޯޓު ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭތާ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅައިގެން މިނިސްޓްރީން އާންމުކޮށް ޝާއިއުކުރަން ޖެހޭނެ ކަމަށެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *