logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންފި

އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފި އެވެ. ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ.

ރައީސް އޮފީހުން ބުނީ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން އެނބުރި ގައުމަށް ވަޑައިގެންނެވީ މިއަދު ހަވީރު ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ރައީސް ކުރެއްވި އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާ އާއި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭ ގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކުރެއްވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.

ރައީސްގެ އަމިއްލަފުޅު ދަތުރުފުޅަކަަށް ވާތީ ދަތުރުފުޅާ ގުޅުންހުރި އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މީގެކުރިން ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް 3 ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެވެ. އެގޮތުން މިދިޔަ މާޗު މަހާއި އެޕްރީލު މަހު އަދި އޮގަސްޓު މަހު އެ ގައުމަށް ދަތުރުފުޅުތައް ވަނީ ކުރައްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *