logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ކާރުގައި ރޯކުރި މީހުންގެ ބަންދު ޖަހައިފި

މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެވަނަ މީހާގެ ބަންދުގެ މުއްދަތު ވެސް ޖަހައިފި އެވެ.

މީޑިއާތަކަށް އިއްޔެ ފޮނުވި މެސެޖެއްގައި އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފައިވެ އެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ބުރުޒުމަގު, ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި, ހާލިދު މަހްމޫދު (35އ) އަދި އދ. މާމިގިލި, ބްލޫވިންޑް، ހަސަން ނަސީމް (31އ) ކަމަށެވެ.

އޭގެ ތެރެއިން ނަސީމުގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލައިގައި ހައްޔަރުކުރި ހާލިދު ވެސް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *