logo minivan

English

ބުރާސްފަތި, 05 ޑިސެމްބަރ 2024

ބީއެމްއެލުން 65 އޭޓީއެމް ގެންނަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 65 އޭޓީއެމް ހޯދަން އިއުލާންކޮށްފި އެވެ.

ބީއެމްއެލްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބޭންކަށް އޭޓީއެމް ވިއްކަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭކަމަށެވެ.

ބީއެމްއެލްއިން ވަނީ، އޭޓީއެމް ވިއްކަން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ޑިސެމްބަރ މަހުގެ 05 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފަ އެވެ.

އެގޮތުން، އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު 14:00 ގަ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ބީއެމްއެލްގެ ހެޑް އޮފީހުގަ އެވެ.

ބީއެމްއެލް އިން ވަނީ އޭޓީއެމްގައި ހުންނަން ޖެހޭނެ ޝަރުތުތައް ހިމެނޭ ކަރުދާހެއް މިހާރު ވެސް ގެޒެޓް ކޮށްފަ އެވެ.

ބީއެމްއެލް އިން 65 އޭޓީއެމް ހޯދަން އިއުލާން ކުރިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ނޮވެމްބަރ މަހުގެ 07 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *