logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

އިންސާނުންގެ އުފާވެރިކަމާ އެއްމެ ބޮޑަށް ގުޅިފައިވަނީ ކޮންކަމަކާތޯ ބެލުމަށް ކުރި 87 އަހަރުގެ ދިގު ދިރާސާ އިން ހާމަވީ، އިންސާނުންގެ އުފާވެރިކަން އެއްމެ ބޮޑަށް ގުޅިފައިވަނީ ގުޅުން ތަކުގެ މައްޗަށް ކަމަށް!

ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ އެއް އެކްސްޕެރިމެންޓަކީ އުފާވެރިކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އެކްސްޕެރިމެންޓެކެވެ. އައިއެފްއެލް ސައިންސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 87 އަހަރުވަނެދެން ކުރިއަށް ގެނެދިޔަ އެކްސްޕެރިމަންޓްގެ އަމާޒަކީ އިންސާނުން ގެ އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ކަމަކީ ކޮބައިކަން ދެނެގަތުމެވެ.

ހާވާޑް ސްޓަޑީ އޮފް އެޑަލްޓް ޑިވެލޮޕްމަންޓް އިން އެކަން ދެނެގަތުމަށްޓަކައި 1938 ގައި 2 ދިރާސާއެއް ފަށާފައިވެއެވެ. ފުރަތަމަ ދިރސާއަކީ ވިލިއަމް ޓީ ގްރާންޓް ފައުންޑޭޝަނުން ފަންޑުކޮށްގެން ޑރ ޖޯޖް އީ ވައިލެންޓް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ގްރާންޓް ސްޓަޑީއެވެ. މި ދިރާސާގައި ހާވާޑް ޔުނިވާސިޓީގެ އަންޑަގްރެޖުއޭޓް ކްލާސްތަކުން 268 ފިރިހެނުން ވަނީ ރެކްރޫޓްކޮށްފަ އެވެ. އަނެއް ދިރާސާ އަކީ ގްލޫއެކް ސްޓަޑީ އިން ބޮސްޓަންގެ ވަށައިގެންވާ ސަރަހައްދުތަކުން 456 ފިރިހެން ބައިވެރިންނާއެކު ފަށާފައިވާ ދިރާސާއެވެ. މި 2 އެކްސްޕެރިމެންޓުގެ އަމާޒަކީ އުމުރުން ދުވަސްވާ ވަރަކަށް ސިއްހަތާއި އުފާވެރިކަމަށް އަސަރުކުރާ ސަބަބުތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މުޅި އުމުރުދުވަހު ދިރާސާގެ ބައިވެރިން މޮނިޓަރ ކުރުމެވެ.

އެ ރިޕޯޓްގައި ވާގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަކީވެސް މި ދިރާސާގެ ބައިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެކްސްޕެރިމެންޓު ފެށިނު އިރު ތިބި ބައިވެރިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ވަރަށް މަދު ބައިވެރިންކަމަށްވެސް ރިޕޯޓުގައިވެއެވެ.

މި ދިރާސާ މިހާރު ވަނީ އޭގެ ސެކަންޑް ޖެނެރޭޝަން މޯޑަށް ބަދަލުކޮށް، ދިރާސާ ފެށިއިރު ބައިވެރިންގެ ގޮތުގައި ތިބި މީހުންގެ ދަރިން މޮނިޓާ ކުރަމުންނެވެ. މިހާރު މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވަނީ ސައިކޭޓްރިސްޓް ޑރ ރޮބަޓް ވޮލްޑިންޖަރ އެވެ.

ވޯލްޑިންޖާ އާއި އެސޯސިއޭޓް ޑައިރެކްޓަރު ޑރ މާކް ޝުލްޒް ވަނީ "ދަ ގުޑް ލައިފް: ލެސަންސް ފްރޮމް ދަ ވޯލްޑްސް ލޯންގޭސްޓް ސައިންޓިފިކް ސްޓަޑީ އޮފް ހެޕިނެސް" ގެ ނަމުގައި ފޮތެއްގައި މި ހޯދުންތައް މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

މި ދިރާއިން ސާބިތު ކުރެވުނު އެއްމެ މުހިއްމު ކަމަކީ އެކަނިވެރިކަމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އުފާވެރިކަން އެއްމެ ބޮޑަށް ގުޅިފައިވަނީ ގުޅުން ތަކުގެ މައްޗަށް ކަމަށެވެ.

މިދިރާސާއިން އެއްމެ ބޮޑަށް ސާބިތުކުރެވުނު ކަންކަމުގެ ތެރޭގައި މުދާވެރިކަމާއި މަގާމާއި ބާރުވެރިކަމަކީ އަމިއްލަ ނަފްސުގެ އުފާވެރިކަމާ މާބޮޑު ގުޅުމެއްވާ ކަންކަމެއް ނޫންކަމަށާއި، ނަފްސުގެ އުފާވެރިކަން އެއްމެ ބޮޑަށް ބިނާވެފައިވަނީ ގުޅުންތަކުގެ މައްޗަށް ކަމަށެވެ. އަދި ގަތް އެކުވެރިން ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލީ ގުޅުންތަށް ނެތް ނަމަ މުދަލާ ފައިސާއާއި ބާރާއި މަގާމަކީ މީހާގެ އުފާވެރި ކުރުވާ ކަންކަން ނޫން ކަމަށާއި، ގުޅުންތައް ނުބާއްވާ މީހުންގެ ސިއްހަތަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

2017 ވަނަ އަހަރު ހާވާޑް ގެޒެޓަށް ދިން އިންޓަވިއުއެއްގައި ވާލިންޖާ ބުނީ "އަހަރެމެންގެ ގުޅުންތަކާއި، އުފާވެރިކަމާއެކު ގުޅުން ދެމެހެއްޓުމަކީ ސިއްހަތަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ކަމެއް" ކަމަށެވެ.

ހަށިގަނޑަށް އަޅާލުމެކޭ އެއްގޮތަށް ގުޅުންތައް ބެލެހެއްޓުމަކީ ވެސް އަމިއްލަ ނަފްސަށް އަޅާލުމެވެ.

ދިރާސާތައިން ދައްކާ ގޮތުގައި އެކަހެރިވުމުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ނުވަތަ އޮބެސިޓީ (ހަށިގަނޑު ފަލަވާބަލި) އާ އެއްގޮތް އަސަރުތަކެކެވެ. އަދި އެ ދިރާސާއިން ހާމަވި އަނެއް ކަމަކީ އުމުރުން ދުވަސްވީ އެކަނިވެރިވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމެއްކަމެއް ކަމަށާއި، އެއާ ޚިލާފަށް އިޖުތިމާއީ ގުޅުމެއް އޮތުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ރަނގަޅުވުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ "އެކަނިވެރިކަމުގެ ބަލިމަޑުކަން" ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ދުނިޔޭގެ އާންމު ސިއްހަތަށް އިސްކަންދޭ ކަމެއްގެ ގޮތުގައި މި މައްސަލަ ބަލައިގަނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ނަމަވެސް ވޮލްޑިންޖާ ބުނެފައިވަނީ އިންޓްރޯވާޓް މީހުންނަކީ ސިއްހަތަށް ނުރަނގަޅު ބައެއް ނޫންކަމަށާއި އެމީހުންނަށް ވެސް ހަރުދަނާ ގުޅުމެއް ނުވަތަ 2 ގުޅުމެއް ބޭނުންވާނެކަމަށާއި، ނަމަވެސް މާ ގިނަ ބަޔަކު ބޭނުން ނުވެދާނެކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *