logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ބްރިކްސް ގައުމުތަކުން ގެންނަން އުޅޭ ފައިސާގެ ޕްލޭންތަކާ ދެކޮޅަށް އެ ގައުމުތަކުން 100 އިންސައްތަ ޓެރިފް ނަގާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ބްރިކްސް ގައުމުތަކުން ގެންނަން އުޅޭ ފައިސާގެ ޕްލޭންތަކާ ގުޅިގެން އެ ގައުމުތަކުން 100 އިންސައްތަ ޓެރިފް ނަގާނެކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ޓްރޫތް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ ބްރިކްސް ގެ ގައުމު ތަކުން ޑޮލަރު ގެ ބަދަލުގައި އަމިއްލަ ފައިސާއެއް ތައާރަފް ކޮސްފިނަމަ އެ ގައުމުތަކުން 100 ޕަސެންޓް ޓެރިފް ނަގާނެކަމަށާއި އެމަނިކުފާނަށް އެކަމުގައި ކޮމިޓްމަންޓެއް ބޭނުންވާ ކަމަށެވެ.

ޓްރަމް އެ ގޮތަށް ޕޯސްޓްކުރައްވާފައި އެވަނީ ރަޝިޔާގެ ކަޒާންގައި މިދިޔަ މަހު ބޭއްވި ބްރިކްސް ސަމިޓުގައި ޑޮލަރު ނޫން މުއާމަލާތްތައް ކުރިއެރުވުމާއި އެ ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްްފައިވަނިކޮށެވެ.

2009 ވަނަ އަހަރު ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެކުވެގެން އުފެއްދި ބްރިކްސް ފުޅާވެ މިހާރު އޭގެ ތެރޭގައި އީރާން، މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެ އެވެ. ދުނިޔޭގެ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ބޮޑު ބަޔަކީ މިހާރު ބްރިކްސް ކޯލިޝަނެވެ. މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ކަޒާން ސަމިޓުގައި މޮސްކޯއިން ވަނީ ބްރިކްސްގެ ތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިން ނެޓްވޯކްތައް ހަރުދަނާކޮށް ބްރިކްސް ކްރޮސް ބޯޑަރ ޕޭމަންޓްސް އިނީޝިއޭޓިވްއާ އެއްގޮތްވާ ގޮތުގެ މަތިން އެ ގައުމުތަކުގެ ލޯކަލް ކަރަންސީ ބޭނުންކޮށްގެން ސެޓްލްމަންޓްތައް ގާއިމުކުރުމަށް ބާރުއަޅާ ޖޮއިންޓް ޑެކްލަރޭޝަނެއް ހަދާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *