logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ތެލުގެ ވައްކަމާ ގުޅިގެން އެފްއެސްއެމްގެ 40 މުވައްޒަފުން ވަކިކޮށްފި

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެއިން ލިބޭ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިސްމާއީލް ސުހެއިލް އެ މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިގެން އިސްތިއުފާދޭން އެންގުމުންކަމަށްވެއެވެ.

’ދައުރު' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަގަށް ތެޔޮ ވިއްކައިގެން ނާޖާއިޒު ފައިދާ ނަގަމުން ދިޔަކަމުގެ ތުހުމަތުގައި އެފްއެސްއެމްގެ އެކި ފަންތީގެ މުވައްޒަފުން ގެ ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވެއެވެ.  

އެފްއެސްއެމްގެ ތެރޭގައި ހިންގި ތެލުގެ ވައްކަމާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ. އޭނާ އެކްސްގައި ލިޔުއްވި ގޮތުގައި އެ ތަހުގީގުގެ ތެރެއިން 10 މީހުންނާއި ދެ ގެ އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވަނީ ވިދާޅުވެފައެވެ. 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *