logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް އާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ދެ މީހުން މަގާމުން ވަކިކުރަން އެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދެ މެމްބަރުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން މެމްބަރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެ، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ މީހުންނަށެވެ.

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 ގެ ނިޔަލަށް ރައީސް އޮފީހުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *