logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

މިފްކޯއަށް އާ ސީއީއޯއެއް

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އަކަށް ޑރ. ވިޓާލީ ލުބިމޯވް އައްޔަން ކުރައްވައިފިއެވެ.

ޔުކްރެއިނަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. ވިޓާލީ އަކީ ސްޓްރެޓީޖިކް ކްރައިސް މެނޭޖްމަންޓުގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ. އެ ދާއިރާގައި އޭނާ ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

މިއީ މިފްކޯގެ ސީއީއޯގެ މަގާމަށް ރާއްޖޭން ބޭރުގެ ބޭފުޅަކު އައްޔަންކުރެއްވި ފުރަތަަމަ ފަހަރެވެ. އެ މަގާމަށް ޑރ. ވިޓާލީ އައްޔަން ކުރައްވާފައި ވަނީ މަގާމަށް ދެ ފަހަރު އިއުލާނު ކުރުމަށް ފަހުގަ އެވެ. އެންމެ ފުރަތަމަ އެ މަގާމަށް އިއުލާނު ކުރީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އެ އިއުލާނު ޖުލައި މަހު ބާތިލު ކުރުމަށް ފަހު، ދެވަނަ ފަހަރަށް އިއުލާނު ކުރީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

މިފްކޯއިން ބުނީ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ވިޓާލީ މާދަމާ ހެނދުނު ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *