logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑް ޑްރާފްޓް ދޫކުރި ވާހަކަ ބީއެމްއެލްއިން ދޮގުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމު އުސޫލުތަކާ ޚިލާފަށް މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑްރާފްޓެއް ދޫކޮށްފައިވާ ކަމަށް ބުނާ ވާހަކަ އެ ބޭންކުން ދޮގު ކޮށްފިއެވެ.

މިކަން ބީއެމްއެލްއިން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ”އަދަދު“ ނޫހުން ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށާއި، ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ޚަބަރު ޝާއިއު ކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި ބީއެމްއެލްއިން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ބަލްކް ޓްރާންސްފާގެ ޚިދުމަތް ދެމުން އަންނަނީ އާންމު އުސޫލާ އެއްގޮތަށެވެ. އަދި ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަން ކަމަށް ވީހިނދު، ބޭންކުން އަބަދުވެސް އަމަލު ކުރަމުން ދާނީ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *