logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

މަޓީން އެދުނީ ޑޮލަރު މާރުކުރަން ޖެހޭ އަދަދު ދަށް ކޮށްދިނުމަށް

ރިސޯޓްތަކުގެ އާމްދަނީން ޑޮލަރު މާރުކުރަން ގާނޫނުން މަޖުބޫރުކުރާ އަދަދު، %10-15 ދޭތެރޭގެ އަދަދެއް ކަމުގައި ހަމަޖެއްސުމަށް، މަޓީގެ ފަރާތުން މިއަދު މަޖިލީހުގެ ކޮމިޓީގައި އެދިއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާގެ މުއާމަލާތް ކުރުމާ ގުޅޭ ބިލުގެ މަސައްކަތް މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށް ދިޔައިރު މަޓީގެ ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދައިފަ އެވެ. އެ ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެ ކޮމިޓީގައި ކޮމިޓީގައި އެދުނީ ރިސޯޓުތަކުގެ އާމްދަނީން ބޭރު ފައިސާ މާރުކުރަން ބިލުގައި ހިމަނާފައިވާ އަދަދު ގާނޫނަށް އަމަލުކުރަން ފަށާ ފުރަތަމަ އަހަރު %10ގައި ބެހެއްޓުމަށް؛ އަދި ދެވަނަ އަހަރު އެ އަދަދު %15 އަށް ހެދުމަށް ކަމަށް މިނިވަން އަށް އެނގިފައިވެއެވެ. ސަރުކާރުން ހުށަހަޅާފައި ވަނީ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް އެމްއެމްއޭއަށް މާރުކުރަން ޖެހޭ ގޮތަށެވެ.

އެގޮތަށް މަޓީން ހުށަހެޅީ ކުއްލިއަކަށް އެފަދަ ބަދަލެއް ގެނައުމުން ބޭރު ފައިސާއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތަކާއި އެހެން ވެސް ކަންކަމަށް އުނދަގޫތަކާ ކުރިމަތިވެދާނެތީ ކަމަށްވެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *