logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ތިން ޓެކްސީ ޑްރައިވަރުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ރޭގެ އިހުތިޖާޖުގައި ހައްޔަރުކުރީ މއ. ވިރާހު، މުހައްމަދު ޝާމިން އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދެވެ.

އެ މީހުން ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ހުޅުމާލޭގެ މަގުތައް ބްލޮކް ކުރުމުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ޝާމިން އާއި ޝަބީންގެ ބަންދަށް ފަސް ދުވަސް ދިނެވެ.

ނުއުމާން ވަނީ ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ.

ރޭގެ އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކެއް ވަނީ ޓޯ ވެސް ކޮށްފަ އެވެ. ޓޯކުރީ ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި 22 ޓެކްސީ ކަމަށް ފުލުހުން ބުންޏެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *