logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

"ޕުޝްޕާ 2″ ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ޕުޝްޕާ 2 ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި ބޮލީވްޑް ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ފިލްމީ ތަރި އައްލޫ އަރުޖުން ހައްޔަރުކޮށްފިއެވެ.

ހައިދަރުއާބާދުގެ ކޮމިޝަނާ އޮފް ޕޮލިސް ސީވީ އާނަންދު ވަނީ ސަންދިޔާ ތިއޭޓަރުގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލާގައި ތެލެގޫ އެކްޓަރު އައްލޫ އަރުޖުން ހައްޔަރުކުރިކަން ރަސްމީކޮށް ކަށަވަރުކޮށްދީފަ އެވެ. ހައިދަރުއާބާދުގެ ސިނަމާއެއްގައި "ޕުޝްޕާ 2″ ފުރިމިއާ ކުރި ދުވަހު އައްލޫ އަރުޖުން ވަނީ ސަޕްރައިޒް ޒިޔާރަތެއް އެ ސިނަމާ އަށް ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އެ އަންހެންމީހާ މަރުވެފައިވަނީ ކުއްލިއަކަށް އައްލޫއަރުޖުން އެތަނަށް ޒިޔާރައްކުރުމުގެ ސަބަބުން ކުރައުޑް ކޮންޓްރޯލް ކުރާނެ އިންތިޒާމުތައް ހަމަޖައްސާފައިނުވުމުގެ ސަބަބުން މީހުންތައް ފިތިބާރުވުމުގެ ސަބަބުން ކަމަށެވެ.

ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ބިޒީ އާރްޓީސީ ކްރޮސްރޯޑްސްގެ ސަންދިޔާ ތިއޭޓަރު ގައި "ޕުޝްޕާ 2″ ޕްރިމިއާ ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގައި އަންހެނަކު މަރުވެ އޭނާގެ ކުޑަދަރިފުޅު ހާލު ދެރަވުމާާ ގުޅިގެން އައްލޫ އަރުޖުން މިހާރު ވަނީ ޗިކަޑްޕައްލީ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވާކަމަށާއި އެ ހާދިސާގައި މަރުވެފައިވަނީ ރޭވަތީ ނަމަކަށް ކިޔާ އަންހެންެއް ކަމަށާއި އަދި އޭނާގެ ފިރިހެން ދަރިފުޅު ސްރީ ތޭޖާ ނޭވާ ލާން އުނދަގޫވުމުގެ ސަބަބުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާކަމަށް ފުލުހުންނާ ޚަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮސްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އައްލޫ އަރުޖުން ހައްޔަރުކޮށްފައިވަނީ މަރުވި މީހާގެ އާއިލާއިން ބާރަތިޔާ ނަޔާ ސަންހިތާ (ބީއެންއެސް) ގެ 105 ވަނަ މާއްދާ އާއި 118 ވަނަ މާއްދާގެ (1) ގެ ދަށުން  އެކްޓަރާއި އޭނާގެ ސެކިއުރިޓީ ޓީމާއި ތިއޭޓަރު މެނޭޖްމަންޓާ ދެކޮޅަށް ޗިކްކަޑްޕައްލީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

"ޕުޝްޕާ 2″ ދެއްކުމުގެ ކުރިން ހައިދަރުއާބާދުގައި ހިނގި ހަމަނުޖެހުންތަކުގައި އަންހެނަކު މަރުވެ ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުތާ އެއް ދުވަސް ފަހުން އައްލޫ އަރުޖުން ވަނީ އެކަމާ ހިތާމަ ފާޅުކޮށް ވީޑިއޯ މެސެޖެއް ހިއްސާކޮށް އަނިޔާ ލިބުނު ކުއްޖާގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހުށަހަޅައިފަ އެވެ.

ޕުޝްޕާ 2 ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދަމުން އަންނައިރު ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެ ފިލްމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 10 ބިލިއަން ރުޕީސްގެ ކާމިޔާބީ ފަހަނައަޅައި ދިއުމުގެ އިތުރުން ގިނަ ރެކޯޑްތަކެއް ހޯދަފާއިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *