logo minivan

English

ބުރާސްފަތި, 19 ޑިސެމްބަރ 2024

ގުރައިދޫ އިން ރޭދަންވަރު މަރުވެފައިއޮއްވާ ފެނުނު 4 މަހުގެ ކުޑަކުއްޖާގެ މަރާމެދު ޝައްކުތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި

މާލެ އަތޮޅު ގުރައިދޫ އިން ރޭދަންވަރު މަރުވެފައިއޮއްވާ ފެނުނު 4 މަހުގެ ކުޑަކުއްޖާގެ މަރާމެދު ޝައްކުތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފިއެވެ.

ރޭދަންވަރު 2:00 އާއި 3:00 އާއި ދެމެދު ކ.ގުރައިދޫ އިން މަރުވެފައި އޮއްވާ ފެނުނު 4 މަހުގެ ކުއްޖާގެ ނޭފަތުން ލޭ އައިސް ހުރުމާއެކު އެ ކުއްޖާގެ މަރާމެދު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމާއެކު އެކުއްޖާ ފެނުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ގެންދަނީ ޙަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނެފައިވަނީ އެކުއްޖާގެ މަރާއި ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށާއި އެ ކުއްޖާގެ ހަށިގަނޑު މިހާރިު އޮތީ ގަޅޯލު މޯޗަރީގައި ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *