logo minivan

English

ބުރާސްފަތި, 19 ޑިސެމްބަރ 2024

ރާއްޖޭގައި ވިސާއާ ޚިލާފަށް ދިރިއުޅޭ ފްރާންސްގެ އާއިލާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގެ އަޑު: އެމީހުން ފޮނުވާނުލައި، ހިމާޔަތްދީ!

ވިސާއެއް ނެތި ރާއްޖޭގައި 12 އަހަރުވަންދެން އުޅޭ ފްރާންސްގެ އާއިލާ ފުރުވާލުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް އިމިގްރޭޝަނުން ހާމަކުރުމާއެކު ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅު އަޑުތައް ގުގުމާލައިފިއެވެ.

ޚިޔާލު ފާޅުކޮށްފައިވާ ގިނަ މީހުން ބުނެފައިވަނީ ރާއްޖެއިން އެމުސްލިމް އާއިލާއަށް ހިމާޔަތް ނުލިބިއްޖެނަމަ އެމީހުންނަށް ކުރިމަތިވާނެ ނިކަމެތިކަން ހިތަށް ވެސް ގެންނަން ނޭނގޭ ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި ފްރާންސްއަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި އުޅޭކަމުގެ މައުލޫމާތު މިދިޔަ ޖުލައި މަހު ލިބުނު ކަމަށެވެ.

އަދި އެ މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު އެ އާއިލާގެ އިސް ފަރާތް އިމިގްރޭޝަންއަށް މިދިޔަ އޮކްޓޫބަރު މަހު ހާޒިރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ އެ ފަރާތްތަކުގެ ޕާސްޕޯޓް އޮތީ މުއްދަތު ހަމަވެފައި ކަމަށެވެ.

އެހެންވެ އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް  ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

އެކަމާ ދެކޮޅަށް ވާހަކަ ދައްކާ އާންމުން ބުނެފައިވަނީ ޤާނޫނުގެ ތަންކޮޅެއްގައި ހިފައިގެން އެމީހުން އަނބުރާ ފޮނުވާލުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ޣައިރު މުސްލިމުން އެމީހުންގެ ގާތް މީހުންނާއި އެމީހުންގެ ދީނުގެ މީހުންނަށް ރައްކާތެރިކަން ދެމުން ގެންދާއިރު ސައްތައިން ސައްތަ މުސްލިމް ދިވެހި ރާއްޖެއިން މި މުސްލިމް އާއިލާއަށް އެހީތެރިވުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމަކީ މުސްލިމުންގެ ހައިސިއްޔަތުން ނިހާޔަތަށް ދެރަވެ ކަންބޮޑުވާ ކަމެކެވެ.

އެ އާއިލާ ދިރިއުޅެމުން ދަނީ ތ،. ވޭމަންޑޫގަ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ ފްރާންސްގެ މުސްލިމް އާއިލާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލަން ތައްޔާރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *