އާ އަހަރުގެ ޗުއްޓީ ދިގުކޮށް، 2 ޖެނުއަރީވާ ބުރާސްފަތި ދުވަހަކީ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި އެވެ.
2025 ވަނަ އަހަރުގެ 1 ޖެނުއަރީ ވަނީ ބުދަ ދުވަހަކަށެވެ. އެއާ ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މިއަދު ވަނީ ނިންމަވައިފަ އެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނީ 2 ޖެނުއަރީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ 1 ޖެނުއަރީ ބުދަ ދުވަހަކާ ދިމާވެ، އެ ދުވަހާ ޖެހިގެން އަންނަ 2 ޖެނުއަރީވާ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ