logo minivan

English

ބުރާސްފަތި, 19 ޑިސެމްބަރ 2024

މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް ނެތް: ޝާހިދު

އަހަރު ނިމިގެން ދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް، ލިބުނު ހިތްހަމަޖެހުމެއް ނުފެނުނު ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

“އެންމެހާ ދިވެހިން، ކޮއްޕަމުން، ލަވަމުން، ވައްދަމުން އެގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް. އަޅުވެތިކަމުގެ  ބަނދެލުމަކުން  ދިވެހިން ބަނދެލުމަށް މި ސަރުކާރުން އެވަނީ މިސްރާބު ހިފާފައި،” ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވިއެވެ.

“މިދިޔަ އަހަރާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ  78 މިލިޔަން އިތުރުވެފައި ވީނަމަވެސް ރައްޔިތުން ބިކަވެ, ވީ ނިކަމެތި. ސަރުކާރުން އާސަންދައަށް ކުރި ޚަރަދު ވަނީ  101 މިލިއަން ރުފިޔާ މަދުކޮށްފައި. އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑު. ނަމަވެސް ސިޔާސީ  މުސާރަ އާއި ގުޅުންހުރި
‏ޚަރަދުތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފި.”

‏ޝާހިދު ވިދާޅުވީ އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި ކުރިއަށްދަނީ ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *