logo minivan

English

ބުދަ, 18 ޑިސެމްބަރ 2024

މޫސުމް މާދަމާއިންފެށިގެން އިތުރަށް ގޯސްވާނެ: މެޓް އޮފީސް

މޫސުމް މާދަމާއިންފެށިގެން އިތުރަށް ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނެފައިވަނީ މި ދުވަސްވަރަކީ ހުޅަނގު މޫސުމް ނިމި އިރުވައި މޫސުމް ފެށޭ ދުވަސްވަރަށްވާތީ ރާއްޖެ ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރަތު ވަރަށް ބޮޑުވާނެ ކަމަށާއި، އެގޮތުން ބެންގާލް ކަނޑުގައި އުފެދުނު ކޮޅިގަނޑު ޓަމިލްނާޑޫއާ ހިސާބަށް ކުރިއަށް އޮތް ދުވަސްތަކުގައި ފޯރާނެ ކަމަށާއި، އަދި ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރައްދުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން މެދު ރާއްޖެތެރެ އާއި ދެކުނަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *