logo minivan

English

ބުދަ, 18 ޑިސެމްބަރ 2024

އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ މަތީ މަދަނީ އެވޯޑް ޓޮމް ކްރޫޒަށް އަރުވައިފި

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ގެ ފިލްމީ ރޯލުތަކުގައި އަސްކަރިއްޔާއަށް "ފާހަގަކޮށްލެވޭ ހިދުމަތްތަކެއް" ކޮށްދީފައިވާތީ އެމެރިކާގެ ނޭވީގެ އެންމެ މަތީ މަދަނީ ޝަރަފު ޓޮމް ކްރޫޒްއަށް އަރުވައިފިއެވެ.

1986 ވަނަ އަހަރު ރިލީޒްކުރި ޓޮމް ކްރޫޒްގެ ސްޕަރހިޓް ފިލްމް "ޓްޕް ގަން" ފިލްމުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް ވަންނަން ބޭނުންވާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު އެ ފިލްމަކީ އެކްޝަން ފިލްމުތަކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ފްރެންޗައިޒެވެ. ޓޮމް ކްރޫޒްގެ އަގުވަޒަންކުރުމުގެ ގޮތުން މި ހަފުތާގެ ކުރީކޮޅު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ "ޑިސްޓިންގްވިޝްޑް ޕަބްލިކް ސާވިސް އެވޯޑް" އަރުވާފައެވެ.

ޓޮޕް ގަން ފިލްމުތަކުގައި ޓޮމް ކްރޫޒް ކުޅެފައި ވަނީ ސިފައިންގެ ޕައިލެޓް ޕީޓް މިޝެލްގެ ރޯލެވެ. މި ފިލްމަކީ ކޯލްޑް ވޯރ ފްލައިން އޭސްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ވާއިރު، މި ފިލްމަކީ ޒުވާނުންގެ މެދުގައި އެހާ ނުފޫޒު ގަދަ ފިލްމަކަށް ވުމުން އެ ފިލްމު އަޅުވާ ދުވަސްވަރު ސިނަމާތަކުގައި ނޭވީގެ ފަރާތުން ރެކްރޫޓްމަންޓް ޓޭބަލްތައް ވެސް ބަހައްޓާފައިވެ އެވެ. ދާދި ފަހުން ޓޮމް ކްރޫޒް ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި ސީކްއެލް ޓޮޕް ގަން: މެވަރިކްގައި ލެފްޓިނެންޓް ޕީޓް މިޝެލްގެ ރޯލު އަލުން ކުޅެފަ އެވެ.

އެވޯޑަށް ފަހު ޓޮމްކުރޫޒް ބުނެފައިވަނީ ދިރިއުޅުމުގައި ވަރަށް ހަގީގަތެއް އޮތް ކަމަށާއި، ލީޑް ކުރުމަކީ ވެސް ހިދުމަތް ކުރުންކަމަށެވެ. އެގޮތުން ސިފައިންނާއި އަންހެނުންގެ ފަރާތުން އެމަންޒަރު ފެންނަ ކަމަށެވެ.

މި ޝަރަފުވެރި މަދަނީ ޝަރަފު މީގެ ކުރިން ލިބިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފިލްމު ސޭވިންގް ޕްރައިވެޓް ރަޔަންގައި އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ ސްޓީވަން ސްޕީލްބާގް އާއި ޓޮމް ހޭންކްސް އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *