logo minivan

English

ބުދަ, 18 ޑިސެމްބަރ 2024

ޤަތަރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއް ގަތަރުގެ އަމީރާއި ބޮޑުވަޒީރަށް

ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިޓީފުޅެއް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، ގަތަރުގެ ފަޙުރުވެރި ގައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ އިސް ބޭފުޅުންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ދެމެހެއްޓުމުގައި ޤާއިމުވެ ތިބެވޭނޭކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައިވަނީ ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުން ޤަތަރުން އަދާކުރާ ދައުރު ފާހަގަކުރައްވައި، ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ވަނީ ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤަތަރުގެ އަމީރާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *