logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ގޯތީގެ މައްސަލާގައި އެޗްޑީސީގެ ސީނިއަރ ބައެއް މުވައްޒަފުންވެސް ސަސްޕެންޑްކޮށްފި

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވި ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ މެނޭޖްމަންޓުގެ އިސް ބަޔަކު ވެސް މިއަދު ސަސްޕެންޑްކޮށްފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ސަސްޕެންޑްކޮށް އަދި ބޯޑުން ވެސް، އެންމެ ފަހުން ޗެއާމަން ކަމަށް އައްޔަންކުރި އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ ބޭފުޅުން މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ބޯޑު ސަސްޕެންޑްކޮށްފައި ވާއިރު އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައިކަން އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މައްސަލަ ޖެހުނު ގޯތިތަކާ ގުޅޭ ސިޓީތަކުގައި ސޮއިކުރައްވާފައިވަނީ އައިމަން އެވެ.

ގޯތިތަކުގެ މައްސަލައިގައި ސަސްޕެންޑްކުރި ޝުހޫދުގެ މައްސަލަތަކެއް މީގެ ކުރިން ފުލުހުން ވެސް ތަހުގީގު ކޮށްފައިވެ އެވެ. އެއީ 2019 ވަނަ އަހަރު އައިޖީއެމްއެޗްގެ ކޮންސަލްޓެންޓްގެ ގޮތުގައި ހުރެ އާންމުންގެ ޒާތީ މައުލޫމާތުތަކެއް ވިއްކި ކަމަށް ތުހުމަތުވި މައްސަލައެއްގަ އެވެ.

ފާއިދު އެޗްޑީސީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެވެ. އެ ސަރުކާރުގައި އެޗްޑީސީގެ އެންމެ އިސްވެރިންނާ ގާތްގުޅުމެއް ބާއްވަމުން އައި ފާއިދު މިހާރުގެ ސަރުކާރުގައި ވެސް ހުރީ އެންމެ ބާރު ގަދަ އެއް މަގާމުގަ އެވެ. ފާއިދަށް އެޗްޑީސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމު ދާދި ފަހުން ދިން ނަމަވެސް އެ މަގާމަށް އޭނާގެ ޝަރުތު ހަމަނުވި މައްސަލަ ފެންމަތިވެފައި ވެ އެވެ.

ޔާމީނަކީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ފަޒުލް ހުންނެވި ދުވަސްވަރު އެ ކުންފުނީގައި ވެސް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *