logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ރައީސް ސޯލިހާއި ފައްޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަންގައިިފި

ފާއިތުވި ސަރުކާރުގައި އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާއާއި ހަރު މުދާ ދިނުމަށް ނިންމާފައިވާ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އޭރުގެ އިގުތިސާދީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓަށް ރިއާޔަތްކޮށް، އެ ތަހުގީގު ހިންގަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.

ސޯލިހާއި ފައްޔާޒުގެ އިތުރަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ލަފާދިނުމަށް ވެސް ފާސްކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޮވެމްބަރު 17، 2018 އިން ނޮވެމްބަރު 17، 2023 ގެ ނިޔަލަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ދީ، އަދި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، އެ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޖިނާއީ ތަހުގީގެއް ހިންގަން މިމަހުގެ 17 ވަނަ ދުވަހު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *