ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކުގެ މައުލޫމާތު ޗައިނާގެ ވިޔާފާރިވެރިންނަށް ދީފިއެވެ.
ރައްޖެއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ވިޔާފާރިވެރިންނަށް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ތަކުގެ ފުރުސަތު ޗައިނާގެ ވިޔާފާރިވެރިންނަށް ދެއްވީ ފިޝަރީޒް މިނިސްޓަރ ޝިޔާމް އެވެ. އެ މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭ ސްޕޯޓްސް ފިޝިންގެ ތަސައްވަރުތަކާއި މެރިން ކަލްޗަރ ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ވަނީ ދެއްވާފައެވެ.
އަދި ރާއްޖޭގެ މެރިންކަލްޗަރ ކުރިއެރުވުމަށް އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ސަރުކާރުގެ ސިޔާސަތުތައް އެ ފަރާތްތަކާ ވަނީ ހިއްސާކުރައްވާފައެވެ.