logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ފުވައްމުލަކު ބޭރުން ޑިންގީއެއްގައި ދަތުރުކުރި ސޯމާލިޔާ ބަޔަކު އަތުލައިގެންފި

ފުވައްމުލަކު ބޭރުން ޑިންގީއެއްގައި ދަތުރުކުރި ސޯމާލިޔާ ބަޔަކު މިއަދު ހެނދުނު އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި މިއީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް ކަމަށެވެ. އަދި މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ 3 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ޑިންގީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް އެ ރަށް ކައިރިން ސޯމާލިއާ ބަޔަކު އަތުލައިގެންފައިވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *