logo minivan

English

ބުދަ, 25 ޑިސެމްބަރ 2024

ލޯކަލް މާރުކޭޓްގެ ރޭޑް: 23 ބިދޭސީން އަތުލައިގެންފި

މާލޭގެ ލޯކަލް މާރުކޭޓުގައި އިމިގްރޭޝަނުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އެގޮތުން ލޯކަލް މާރުކޭޓް ސަރަހައްދުން 148 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ 22 ފިރިހެނަކާއި 1 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.

އިމިގްރޭޝަނުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލޯކަލް މާރުކޭޓް ސަރަހައްދުގައި ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ބޮޑު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެ ރެއިޑު އޮޕަރޭޝަންގައި ލޯކަލް މާރުކޭޓް ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާފުރާ އުޅަނދުފަހަރު ވެސް ބަލައި ފާސްކުރިކަމަށް ބުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *