logo minivan

English

ބުދަ, 25 ޑިސެމްބަރ 2024

އާ އަހަރާ ދިމާކޮށް އިތުރުވާ ބަނގުރަލާ މަސްތުވާތަކެތީގެ ވިޔާފާރި ހުއްޓުވުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

އާ އަހަރާ ދިމާކޮށް އިތުރުވާ ބަނގުރަލާ މަސްތުވާތަކެތީގެ ވިޔާފާރި ހުއްޓުވުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެކަން ހާމަކުރައްވައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ އަހަރާ ދިމާކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި އެފަދަ ތަކެތީގެ ވިޔާފާރިކުރުން އިތުރުވަމުންދާނެތީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިހާއި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެ އަށް ބަނގުރާ އަރުވައި، ވިއްކާ ކަމަށް ޝައްކު ކުރެވޭ ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން މޮނީޓާކުރަން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އާ އަހަރު ފާހަގަ ކުރުމަށް މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރުންފަދަ ކަންކަން ހުޢްޓުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *