logo minivan

English

ބުރާސްފަތި, 26 ޑިސެމްބަރ 2024

މުވައްޒަފުންނަށް މުސާރަ ނުދޭތީ ރީކޯ މޫސަގެ ރިސޯޓް ކުންފުނި އަނެއްކާވެސް ބްލެކް ލިސްޓްކޮށްފި

މުއައްޒަފުންނަށް މުސާރަނުދޭތީ ރީކޯ މޫސާ މަނިކުގެ ކުންފުންޏެއް ކަމަށްވާ ”މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް“ މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބްލެކްލިސްޓް ކޮށްފި އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީންބުނާ ގޮތުގައި މޯ ހޮޓެލްސް ބްލެކްލިސްޓް ކޮށްފައިވަނީ އެ އޮތޯރިޓީން ބަލަމުންދާ މުވައްޒަފުންނަށް މުސާރަނުދޭ މައްސަލައެއްގައި އެކުންފުނިން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭތީ ކަމަށެވެ.

ރީކޯގެ މި ކުންފުންޏަކީ މި ބާވަތުގެ މައްސަލަތަކުގެ ރިކޯޑް އޮތް ކުންފުންޏެއް ކަމަށާއި، މީގެ ދެމަސްކުރިންވެސް މިފަދަ މައްސަލައެއްގައި އެ ކުންފުނި ބްލެކްލިސްޓް ކުރެވުނުކަމަށްވެސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފައިވެ އެވެ.

ރީކޯ މޫސައަކީ ”މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް“ ގެ ހިއްސާދަރެއްގެ އިތުރުން ބޯޑުގެ ޑިރެކްޓަރެއްވެސްމެ އެވެ. އަދި ލ. އަތޮޅުގައި ހިންގަމުންދާ ”ރަހާ ރިސޯޓް“ އަކީ މި ކުންފުނިން ހިންގަމުންދާ ރިސޯޓެކެވެ.

ރީކޯ މޫސަގެ ކުންފުނިން މުސާރަ ނުދީގެން މީގެ ކުރިން އެތައް މުވައްޒަފުންނެއް އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައިވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *