އަޒަރުބައިޖާން އެއާލައިންސްގެ ފަސިންޖަރު ޖެޓެއް ހުޅަނގު ކަޒަކިސްތާނަށް އިމަޖެންސީގައި ޖައްސަން އުޅެނިކޮށް ވެއްޓި އަލިފާން ރޯވެއްޖެ ކަމަށް ކަޒަކިސްތާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބޯޓު ވެއްޓުނު އިރު ބޯޓުގައި ތިބި 67 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ 25 މީހުންނެވެ.
ކަޒަކިސްޓާނުގެ ޓްރާންސްޕޯރޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބަކޫ-ގްރޯޒްނީ ރޫޓްގައި ދަތުރުކުރި އާޒަރުބައިޖާންގެ މަތިންދާބޯޓް ވެއްޓުނީ އެގައުމުގެ އަކްތާއު ސިޓީ ކައިރިއަށެެވެ. އަޒަރުބައިޖާންގެ އެއެއާލައިނުން ބުނީ ކެސްޕިއަން ކަނޑުގެ އިރުމަތީ އައްސޭރީގައި ތެލާއި ގޭހުގެ ހަބެއް ކަމަށްވާ އަކްތާއުއާ ގާތްގަނޑަކަށް ތިން ކިލޯމީޓަރު ދުރުގެ ސަރަހައްދަކަށް އެމްބްރެއާ 190 މަރުކާގެ މަތިންދާބޯޓު އިމަޖެންސީގައި ޖައްސާފައިވާ ކަމަށެވެ.
ކަޒަކިސްތާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބޯޓުގައި 62 ފަސިންޖަރުންނާއި ފަސް ފަޅުވެރިން ތިބި ކަމަށް ބުނާއިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ އަދަދު ވަނީ 105 އަށް އަރާފަ އެވެ.
ކަޒަކިސްތާނުގެ އިމަޖެންސީ ސިޗުއޭޝަން މިނިސްޓްރީން ބުނީ މި އެކްސިޑެންޓުގައި ސަލާމަތްވީ އެންމެ 25 މީހުން ކަމަށާއި އޭގެ މާނައަކީ މި ހާދިސާގައި 42 މީހުން މަރުވި ކަމަށް ބެލެވޭ ކަމަށެވެ.