logo minivan

English

ބުރާސްފަތި, 09 ޖެނުއަރީ 2025

2024 ވަނަ އަހަރު ރައްޔިތުން ބާރުވެރި ކުރެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ނިމިގެން މިދާ 2024 ވަނަ އަހަރަކީ އިސްލާހީ ބަދަލުތަކެއް ގެނެވި، ރައްޔިތުން ބާރުވެރި ވެސް ކުރެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ 2024 ވަނަ އަހަރު ނިމި، 2025 ވަނަ އަހަރާ ކުރިމަތިލާއިރު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވެފައިވަނީ މި އަހަރަކީ ރައްޔިތުން ބާރުވެރިކުރެވި، ޤައުމުގެ އިސްތިޤްލާލު ވެސް ރައްކާތެރިކޮށް ދެވުނު އަހަރެއް ކަމަށެވެ. އަދި މިހާރު ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތް ކަމަށް ވެސް އެ މަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސް މުއިއްޒު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ އިސްލާހީ މުހިންމު ފިޔަވަޅުތަކެއް އެޅިފައެވެ. މީގެ ތެރޭގައި ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި މިހާރު ނެތުމާއި، ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރެވުމާއި، އަދި ރައްޔިތުންގެ ބާރު މިހާރު ބޮޑުވެފައިވާކަން ހިމެނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *