logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

މޭވާ އާއި ތަރުކާރީން، ޑިޕްރެޝަންގެ ނުރައްކަލަށް ހައިރާންކުރުވަނިވި އަސަރެއް ކުރުވާ: ދިރާސާ

ކެއުމުގައި މޭވާ އާއި ތަރުކާރީގެ މިންވަރު އިތުރުކުރުމަކީ ޑިޕްރެޝަންގެ ނުރައްކާ ވަގުތުން ވަގުތަށް ކުޑަކޮށްދޭނެ ކަމެއް ކަމަށް އެމެރިކާ، އޮސްޓްރޭލިއާ، ޑެންމާކް އަދި ސްވިޑަންގެ  އެއްމާބަނޑު ބައިވެރިން ހިމަނައިގެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

އެއްމާބަނޑު މީހުން ހިމަނައިގެން ކުރެވޭ ދިރާސާ ސައިންސްވެރިންނަށް ހާއްސަކޮށް ބޭނުންތެރި ދިރާސާތަކަކަށް ވަނީ އެއްމާބަނޑު މީހުންނަކީ ޖެނެޓިކަލީ އެހާ އެއްގޮތް ބަޔަކަށް ވާތީ އެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސް (ޔޫއެންއެސްޑަބްލިއު) ގެ ސައިންސްވެރިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި 45 އަހަރުން މަތީގެ 3،483 މީހެއްގެ ޑައިޓާއި މޫޑާ ގުޅޭ ސާވޭ ޑޭޓާ 11 އަހަރުވަންދެން އެނަލައިޒްކޮށްފައިވެ އެވެ. ޔޫއެންއެސްޑަބްލިއުގެ ޖެނެޓިސްޓް ކެރެން މެތަރ ވިދާޅުވި ގޮތުގައި އެއްމާބަނޑު މީހުންގެ ޖެނެޓިކް ބެކްގްރައުންޑްގެ 50-100 ޕަސެންޓް ހިއްސާކުރާ އިރު އެކުގައި ތަރުބިއްޔަތު ކުރުމުން ހިއްސާކުރަނީ އެއް އާއިލީ މާހައުލެކެވެ.

މޭވާ އާއި ތަރުކާރީ ގިނައިން ބޭނުންކުރާ މީހުން (އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 2.1 އަދި 2.0) އަދި މޭވާ އާއި ތަރުކާރީ މަދުން ކާ މީހުން (އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 0.3 އަދި 0.5) މީހުންނާ ދެމެދު ޑިޕްރެޝަންގެ އަލާމާތްތަކުގެ "އާދަޔާ ހިލާފު" ތަފާތެއް އެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ. ދުވާލަކު މޭވާއާއި ތަރުކާރީގެ 5 ޕޯޝަން ކާންޖެހޭއިރު ދިރާސާގައި ބައިވެރިވި ގިނަ މީހުން ކާފައިވަނީ އާންމުކޮށް ލަފާދޭ މިންވަރަށްވުރެ މަދުންނެވެ.

މޭވާ އާއި ތަރުކާރީ ގިނައިން ކެއުމާއި ޑިޕްރެޝަންގެ އަލާމާތްތަކާ ދެމެދު ރައްކާތެރިކަމުގެ ގުޅުމެއް އޮތް ކަން މި ދިރާސާއިން ހޯދި ހޯދުމަކީ ކުރިން ލިބިފައިވާ ގިނަ ހެކިތަކާ އެއްގޮތް ކަމެއް،" އެ ޓީމުން ޝާއިއުކުރި ކަރުދާހުގައި ލިޔެފައިވެ އެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ އުމުރަކީ ވެސް މުހިންމު މެސެޖެއްލިބޭ އުމުރު ފުރާއެކެވެ. އެގޮތުން ޑިޕްރެޝަން ޑިސްއޯޑާތައް އެންމެ މައްޗަށް ދާ އުމުރުފުރާ އަކީ އުމުރުން 55 އަހަރާއި 75 އަހަރާ ދެމެދުގެ ބޮޑެތި މީހުންގެ އުމުރުފުރާކަމަށްވާއިރު މި ދިރާސާއިން ދައްކާ ގޮތުގައި މޭވާ އާއި ތަރުކާރީ ގިނައިން ކެއުމަކީ އެކަމުން އަރައިގަނެވޭނެ ވަރަށް އާދައިގެ ގޮތެކެވެ.

މި ދިރާސާ ވަނީ ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކޮށްފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *